މޯލްޑިވްސް ޕޮލިސް ސާވިސް

ބިދޭސީންގެ އިތުރު މާރާމާރީއެއް؛ އެކަކު ޒަހަމް

މާރާމާރީއެއް ހިނގި ސަރަހައްދެއްގައި ފުލުހުންގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ބިދޭސީންތަކެއްގެ މެދުގަައި މާރާމާރީއެއް ހިންގާ އެކަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ސޯސަން މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމަށެވެ. އެ ރިޕޯޓް ފުލުހަށް ލިބުނީ މިރޭ 8:20 ގައެވެ.

މާރާމާރީގައި ބިދޭސީއަކަށް އަނިޔާވެ އޭނާއަށް ދަނީ ފަރުވާ ދެމުންނެވެ. ލިބުނު އަނިޔާގެ ތަފްސީލެއް ސާފެއް ނުވިއެވެ.

މާރާމާރީ ހިންގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ބިދޭސީންތަކެއްގެ މެދުގަައި މާރާމާރީއެއް ހިންގާ އެކަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށާފައިވާއިރު ހުޅުމާލޭގައި ދެ ބިދޭސީއެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކެއްގެ ކަރަށް ވަޅިން ހަމަލާދީ އޭނާ ވަނީ މަރާލާފައެވެ. މަރުވެފައި ވަނީ ބަންގްލަދޭޝް މީހެކެވެ.

ޒުވާން އުމުރުގެ އެ މީހާއަށް ހަމަލާދިނުމާއެކު ވަނީ މަރުވެފައެވެ. އެ މީހާއަށް ހަމަލާދިނީ ޕާކިސްތާނު މީހެއް ކަމަށް ވެއެވެ. އެ މީހާ މިހާރު ވަނީ ފިލާފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345