ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ފުލުސް ފްލެޓް ސަރަހައްދުގައި އެކްސިޑެންޓްވީ ޓެކްސީ އަކާއި ބެޓެރި ސަައިކަލެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގައި ސައިކަލް ގައި އިން މީހާއަށް ވަނީ ސީރިއަސް ޒަހަމުތަކެެެއް ލިބިފައެވެ.
ކާރުގައި ތިބި މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ. އެ ގޮތުން ކުޑަ ދެ ކުދިންނާއި އުމުރުން ދުވަސްވީ އަންހެނަކަށް ވަނީ އަނިޔާވެފައެވެ. ހަތަރު މީހުންނަށްވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.