މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ގެއްލިގެން ހޯދަމުންދަނީ ކ. މާލެ / ގ. ޑްރީމްހައުސް، ހަސަން ރުޝްދުﷲ 53، އެވެ.
ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުންނަށް މިކަން ރިޕޯޓް ކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ފެނިފައި ނުވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ވަނީ ހަސަން ރުޝްދުﷲ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ހިއްސާ ކުރުމަށް އެދިފައެވެ.