ޖިންސީ ގޯނާ

ކުޑަ ދެކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

Apr 18, 2022
1

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގަައި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދަށް މިހާރު 10 ދުވަސް ޖަހާފައިވާ ކަމަށްވެސް ބުންޏެވެ.

ހައްޔަރުކުރި މީހާގެ ޖިންސީ ޝިކާރައަކަށްވީ އުމުރުން 11 އަހަރާއި 13 އަހަރުގެ ދެ ކުދީންނެވެ. މި ހާދިސާއަކީ އުތުރުގެ ރަށެއްގައި ހިނގާދިޔަ ހާދިސާއެކެވެ.

ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އެ އިދާރާއާ ޖެންޑާ މިނިސްޓްރީ ގުޅިގެން މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.