ބަނގްލަދޭޝްގައި ޖެނުއަރއަށެއީ އަށެއްގައި ފަށާ ބަންގް ބަންދު ގޯލްޑް ކަޕުގައި ރާއްޖެ އާއި ބަހުރޭން އަދި ކެމްބޯޑިއާ އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ.
މި ގޮތަށް ހަމަޖެހުނީ މިއަދު މުބާޜާތުގެ ގުރު ނެގުމުންނެވެ.
ޖުމުލަ އަށް ގައުމު ވާދަކުރާ މުބާރާތުގައި ރާއްޖެ ފަޅީގައި ދެން ވާދަކުރާނީ ބަނގްލަދޭޝްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމެވެ. ބަނގްލަދޭޝްގެ ސީނިއީ ޓީމު ހިމެނެނީ ގްރޫޕް އޭގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ މެލޭޝިޔާ އާއި ނޭޕާލް އަދި ސްރީލަންކާ އެވެ.
ޖެނުއަރީ 8 -20 އަށް ބާއްވާ މުބާރާތަކީ 2018 ވަނަ އަހަރު ސާކް ސަރަހައްދުގައި ބާއްވާ އެންމެ ފެންވަރު ރަނގަޅު އެންމެ ބޮޑު މުބާރާތަށް ވާނެ ކަމަށް އެ ގައުމުން ބުނެ އެވެ.
މި މުބާރާތް ބާއްވާއިރު ބަނގްލަދޭޝް ވަނީ މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕުގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އެއީ އަފްގާނިސްތާން އަތުން 4-0 އިން އަދި ރާއްޖެ އަތުން 3-1އިން ބަލިވުމުންނެވެ. ގްރޫޕުގެ ފަހު މެޗު އެ ގައުމު ކާމިޔާބު ބޫޓާނާ ވާދަކޮށް ކުރީ 3-0 އިންނެވެ. މިއީ ގަބޫލު ކުރެވޭނެ ނަތީޖާއެއްނޫން ކަމަށާއި މުބާރާތް ކާމިޔާބު ނުކުރެވުމުން އެކަމާ މުޅި ގައުމުގެ ކިބައިން މައާފަށް ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ގާޒީ ސަލާހުއްދީން ވަނީ އެދިވަޑައިގެންފަ އެވެ.
ބަންގް ބަންދު ކަަޕަކީ ބަނގްލަދޭޝްގެ ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.