މޯލްޑިވްސް ޕޮލިސް ސާވިސް

އެއާޕޯޓުން ވައްކަން ކުރި ދެ މީހަކު ހޯދަނީ

May 1, 2022
1

އެއަރޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްގެ ދޫނި ލެބުން ވައްކަން ކޮށްފައިވާ މައްސަލައެއްގައި ދެ މީހަކު ހޯދަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ވަނީ އެ މީހުން ވައްކަން ކުރަނިކޮށް ފެންނަ ވީޑިއޯވެސް އާންމުކޮށްފައެވެ. ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ އޭޕްރީލް 27 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗާގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްގެ ދޮރެއް ހަލާކުކޮށްލައި އެތަނުގެ ދޫނި ލެބުން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެއާޕޯޓް ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ ދެ މީހުން ކަމަށެވެ.

ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮންބައެއްކަން ދެނެގަނެވިފައިނުވާ ކަމަށްވެސް ބުންޏެވެ.