މާރާމާރީ ހިންގުން

އިތުރު މާރާމާރީއެއް، ޒުވާނަކު ވަރަށް ބޮޑަށް ޒަހަމުކޮށްލައިފި

މާލެ ސިޓީގައި މިއަދު ހެނދުނު މާރާމާރީއެއް ހިންގާ ޒުވާނަކު ޒަހަމުކޮށްލުން --
46.2%
30.8%
23.1%

މާލެ ސިޓީގައި މިއަދު ހެނދުނު މާރާމާރީއެއް ހިންގާ ޒުވާނަކު ވަރަށް ބޮޑަށް ޒަހަމުކޮށްލައިިފި އެވެ. މި މާރާމާރީގައި އިތުރު މީހަކަށްވެސް އަނިޔާވި އެވެ. މިއީ މިއަދު މާލޭގައި ހިންގި ދެވަނަ މާރާމާރީ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުން މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެ ހިދުމަތަށް ލިބުނީ ހެނދުނު 9:17 ހާއިރު ކަމަށެވެ. މާރާމާރީގައި ދިވެހި ދެ ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ. އެ މީހުންނަށް އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ.

މި މާރާމާރީގައި ޒަހަމުވި މީހަކު ހޮސްޕިޓަލަށް ގެންދަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ވީޑިއޯގައި ޒުވާނަކު ވަަރަށް ބޮޑަށް ޒަހަމުވެފައި އޮތް މަންޒަރު ފެނެއެވެ. އޭރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ފުލުހަކު އަތްދަނޑި މަތީގައި އެ ޒުވާނާ ގެންގޮސް ޕިކަޕަކަށް އަރުވައެވެ. އޭރުވެސް އެ ޒުވާނަކު އެއްވެސް ހަރަކާތެއް ނެތެވެ. ކައިރީގައި ތިބި މީހުން އެ ޒުވާނާ "މަރުވެފައިވާ" ކަމަށް ބުނާ އަޑުވެސް އިވެއެވެ.

އޭރު ޒުވާނާގެ އަތާއި ހަށިގަނޑުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. ބެލެވޭ ގޮތުން މެޔަށް ހުރީ ތޫނު އެއްޗަކުން ހަމަލާ ދީފައެވެ.

ޒުވާނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ. ބުނީ މާރާމާރީގެ މައްސަލަ ބަަލަމުންދާ ކަމަށެވެ.

މިއަދު ދެ މާރާމާރީ

މީގެ ކުރީންވެސް މިއަދު ވަނީ މާރާމާރީއެއް ހިންގާފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ކޯރިކެނޑި މަގު، މާވެޔޮ މިސްކިތް ކައިރީގައި މާރާމާރީއެއް ހިނގާފައިވާ ކަމަށެވެ. އެ މާރާމާރީ ހިންގީ ފަތިހު 5:48 އެހާކަންހާއިރު އެވެ. މާރާމާރީގައި 23 އަހަރުގެ ދިވެހި ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ.

އޭނާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މާރާމާރީއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345