މޯލްޑިވްސް ޕޮލިސް ސާވިސް

މާރާމާރީތަކާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި

ފުލުސް އޮޕަރޭޝަނެއްގެ ތެރެއިން: ހުޅުމާލޭގައި މިރޭ ހިންގި މަރާމާރީތަކާއި ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައި --
0%
0%
0%

ހުޅުމާލޭގައި މިރޭ ހިންގި މަރާމާރީތަކާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ހުޅުމާލޭގެ ދެ ސަރަހައްދެއްގައި މިރޭ ވަނީ މާރާމާރީ ހިންގާފައެވެ. މާރާމާރީތަކުގައި ދެ މީހަކު ޒަހަމުކޮށްލާފައިވެއެވެ.

ފުލުހުން ގެންދަނީ އެކަމާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ހިޔާ ފްލެޓެއްގެ ތެރޭގައިވެސް ފުލުހުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެ އޮޕަރޭޝަންގެ ތަފްސީލެއް ނުދެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ދެންމެ ވިދާޅުވީ ހުޅުމާލޭގައި ހިނގި މާރާމާރީތަކާއި ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ފޭސް ދެއަކުން ކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުން ކުރީން ބުނީ ހުޅުމާލޭގައި ހިންގި ދެ މާރާމާރީގެ ތެރެއިން އެއް މާރާމާރީ ހިނގީ ފޭސް އެކެއްގައި ކަމަށެވެ. އެ މާރާމާރީގެ ރިޕޯޓް ލިބުނީ 9:17 އެވެ. ދެވަނަ މާރާމާރީ ހިނގީ ހުޅުމާލެ ފޭސް ދޭއް ބްރިޖް ކައިރީގައެވެ. މި މާރާމާރީ ހިނގީ 9:31 ގައެވެ.

ދެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެ ދެ މީހުންނަށްވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

މިރޭ މާރާމާރީތައް ހިނގަން މެދުވެރިވީ ސަބަބެއް ސާފުވާ ގޮތެއް ނުވިއެވެ. އީދު ދުވަހުވެސް ވަނީ މާލޭގައި ދެ މަރާމާރީއެއް ހިންގާފައެވެ. އެއް މާރާމާރީ ހިންގީ އީދު ދުވަހުގެ ފަތިހު އެވެ. ދެވަނަ މާރާމާރީ ހިންގީ އީދުގެ ނަމާދުގެ ފަހުންނެވެ.

އެ ދެ މާރާމާރީވެސް ވަޅު އީދު ދުވަހު ފަށަން އޮތް ބައިބަލާ މުބާރާތާއި ގުޅުން އޮތް ކަމަށް ބެލެވި އެ މުބާރާތް ފުލުހުން އެދިގެން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލަސް

ބައިބަލާ މުބާރާތް އަދި ނުފެށި އުޅޭއިރު ބައިބަލާ މުބާރާތާ ގުޅުން އޮތް މާރާމާރީ އަކަށް ވާނީ ކިހިނެއް؟ މާލެތެރޭ މާރާމާރަ ހިންގަމުން ދާއިރު ފުޓުބޯޅަ މުބާރާތްތައް ކުރިއަށް ގެންދެވޭ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345