މާރާމާރީ ހިންގުން

ހުޅުމާލޭގައި ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

Feb 21, 2019
3
ހުޅުމާލޭ ހޮސްޕިޓަލް ކައިރީގައި ފުލުހުން ހަރަކާތްތެރި ވަނީ: މިއަދު ހިންގި މާރާމާރީއަށް ފަހު ފުލުހުން ވަނީ ތަހުގީގެއް ފަށާފައި -- ފޮޓޯ: އަވަސް
0%
0%
0%

ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ ހަމަލާދީ ޒަހަމްކޮށްލި އެ މީހާގެ އަތާއި މެއާއި ބޮލަށްއް ޒަހަމްތައް ލިބިފައިވާ ކަމަށެވެ. މިއަދު ހެނދުނު 7:00 ޖަހާ އެހާކަންހާއިރު ދިން މި ހަމަަލާގައި ޒަހަމްވެފައި ވަނީ 33 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް ހަމަލާ ދީފައި ވަނީ މާރާމާރީއެއްގެ ތެރެއިންނެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި އެ މީހާއަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345