އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މާލެ ސަރަހައްދުގައި ހިނގި މި ހާދިސާގައި އެ ކުދީންނަށް ޖިންސީ ގޯނާކުރީ އިތުބާރު ހުރި މަގާމެއްގައި ހުރި އެ އާއިލާގެ މީހެކެވެ.
އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މާލެ ސަރަހައްދުގައި ކުޑަކުދީންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މާޗް މަހު އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. އެ ކުދީންނަށް ޖިންސީ ގޯނާ ކުުރުމުގެ ތުހުމަތު އޮތީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އުމުރުން 55 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މި މަހުގެ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެވެ. އެ މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުންނެވެ.