ޖިންސީ ގޯނާ

ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހާ ދޫކޮށްލައިފި

May 9, 2022

އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.

މާލެ ސަރަހައްދުގައި ހިނގި މި ހާދިސާގައި އެ ކުދީންނަށް ޖިންސީ ގޯނާކުރީ އިތުބާރު ހުރި މަގާމެއްގައި ހުރި އެ އާއިލާގެ މީހެކެވެ. މި މައްސަލައާ ގުޅިގެން އުމުރުން 55 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މި މަހުގެ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެވެ. އެ މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މާލެ ސަރަހައްދުގައި ކުޑަކުދީންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މާޗް މަހު އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. އެ ކުދީންނަށް ޖިންސީ ގޯނާ ކުުރުމުގެ ތުހުމަތު އޮތީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މީހާގެ ބަންދަށް ފުރަތަމަ ދިން 30 ދުވަހުގެ މުއްދަތު ހަމަވުމުން މުއްދަތު މަޖިލީހަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ.