ޖިންސީ ގޯނާ

ހަ ކުދީންނަށް ޖިންސީ ގޯނާކުރި މީހާ އަލުން ހައްޔަރަށް

ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުން --
0%
0%
0%

އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރު ކުރި މީހާ ޝަރުތުތަކަކާއެކު ދޫކޮށްލާފައިވަނިކޮށް ކޯޓް އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރު ކޮށްފި އެވެ.

މާލެ ސަރަހައްދުގައި ހިނގި މި ހާދިސާގައި އެ ކުދީންނަށް ޖިންސީ ގޯނާކުރީ އިތުބާރު ހުރި މަގާމެއްގައި ހުރި އެ އާއިލާގެ މީހެކެވެ. މި މައްސަލައާ ގުޅިގެން އުމުރުން 55 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި އެވެ.

އެއީ މި މަހުގެ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެވެ. އެ މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އެ މީހާގެ ބަންދަށް ފުރަތަމަ ދިނީ 30 ދުވަހެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން އަލުން ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތެއް ނުދިނެވެ. މައްސަލާގައި ހިމެނޭ ބައެއް ކުުދީން މިހާރު ބޮޑުވެފައިވާ ކަމަށް ބުނެ ޝަރުތުތަކެއް ކުރުމަށް ފަހު ކޯޓުން އެ މީހާ ދޫކޮށްލަން އަމުުރުކުރީ އެވެ.

އެކަމާއި ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް ފުލުހުން ދެންމެ ބުނީ އެ މީހާ އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަަމަށެވެ. ނަމަވެސް އަލުން ހައްޔަރު ކުރަން ކޯޓުން އަމުރު ހޯދި ސަބަބެއް ނުބުނެއެވެ.

އެ މީހާގެ ޖިންސީ އަނިޔާ ލިބުނު ހަ ކުދީންގެ ތެރެއިން ތިން ކުއްޖަކަށް 18 އަހަރުވެއްޖެ އެވެ. އަނެއް ތިން ކުދީންނަކީ 18 އަހަރުން ދަށުގެ ކުދީންނެވެ. އާއިލާއިން ސިފަ ކުރާ ގޮތުގައި ކޯޓުން ދޫކޮށްލީ "ރަންނަމާރި" އެއްފަދަ ބިރުވެރި މީހެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011