މޯލްޑިވްސް ޕޮލިސް ސާވިސް

އީދު ދުވަހުގެ މާރާމާރީ: އިތުރު މީހަކު ހައްޔަރުކޮށްފި

އީދު ދުވަހު ޖަނަވަރީ މަގާއި މަޖީދީމަގު ގުޅުނު ކަންމަތީ ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގި މާރާމާރީގެ ތުހުމަތު އޮތް އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އީދު ދުވަހު ޖަނަވަރީމަގާއި މަޖީދީމަގާއި ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާއި ގުޅިގެން ހޯދަމުން ދިޔަ މީހުންގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ގއ. ގެމަނަފުށި ކެނެރީގެ، އަހުމަދު ނާޒިހް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް ފަސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ހޯދާ އިތުރު މީހުން

  • ދަފްތަރު ނަންބަރު ރސ2260، މައުސޫމް މުހައްމަދު ދީދީ (27އ)
  • ގއ. މާމެންދޫ ގްލޭނޫރަންމާގެ، އަހްމަދު ރަބީއު (24އ)
  • ސ. ހުޅުދޫ ނާދީ، މުނާދު ޖައުފަރު (20އ)
  • ސ. މަރަދޫ ކޮރަލް، އަހުމަދު ސާތިއު (21އ)

މާރާމާރީތައް ހުއްޓިފައި އޮތުމަށްފަހު އީދު ބަންދު ތެރޭގައި މާލެ އަދި ހުޅުމާލޭގައި ވަނީ ސިލްސިލާ މާރާމާރީތަކެއް ހިންގާފަ އެވެ. މާރާމާރީތައް ހިންގީ ކޮން ސަބަބަކާ ގުޅިގެންކަން ނޭންގުނަސް އެ މާރާމާރީތައް ވަޅު އީދު ދުވަހު ފަށަން އޮތް ބައިބަލާ މުބާރާތާއި ގުޅުން އޮތް ކަމަށް ބެލެވި އެ މުބާރާތް ފުލުހުން އެދިގެން ފަސްކުރި އެވެ. އޭގެ ފަހުން މިހާރު އެ މުބާރާތް ވަނީ ފަށާފަ އެވެ.