ސްޓެލްކޯ

އަކްރަމް ސްޓެލްކޯގެ އިސް މަގާމަކަށް

May 13, 2022
1

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހްމަދު އަކްރަމް ސްޓެލްކޯގެ އިސް މަގާމަކަށް ހަމަޖައްސައިފި އެވެ.

އަކްރަމް ހަމަޖައްސާފައިވަނީ ސްޓެލްކޯގެ ސޭލްސް ސެންޓަރުގެ ޖެނެރަލް މެނޭޖަރުގެ މަގާމެވެ.

އޭނާ މަގާމަށް ހަމަޖެއްސީ އާންމުކޮށް ކުރި އިއުލާނަކާ ގުޅިގެން ކުރިމަތިލެއްވުމުން އިންޓަވިއު ކުރެއްވުމަށްފަހު އެވެ.

ނިމިގެންދިޔަ ހަފްތާގައި އަކްރަމް ވަޒީފާ އަށް ނިކުންނަވަން ފައްޓަވާފައިވާ ކަމަށް ސްޓެލްކޯގެ އޮފިޝަލަކު ޔަގީންކޮށްދެއްވާފައިވެ އެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކުން ރާއްޖޭގެ ކޮލެޖަކާ ގުޅިގެން ކުރިއަށް ގެންދާ ބިޒްނަސް މެނޭޖްމަންޓް ޕްރޮގްރާމަކުން އަކްރަމް ވަނީ މާސްޓާސް ހާސިލްކުރައްވާފަ އެވެ.

އަކްރަމް ސްޓެލްކޯގެ ވަޒީފާއަށް ނިކުންނަވަން ފައްޓަވާފައި މިވަނީ އޭނާ އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް ކަން ކުރެއްވެވި ދުވަސްވަރު އެ ކޮމިޝަންގެ ރައީސްގެ ގޮތުގައި ހުންނެވި އަހްމަދު ޝަރީފް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންފައި ވަނިކޮށެވެ.

އަކްރަމްގެ ސްލޫކީ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނވަން މުއައްސަސާތަކުގެ ކޮމިޓީން ބަލައި އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ރިޔާސަތަށް ކޮމިޓީ ރިޕޯޓް ފޮނުވާފައި ވަނިކޮށް ނޮވެމްބަރު، 2020 ގައެވެ.