މޯލްޑިވްސް ޕޮލިސް ސާވިސް

ކޭބަލް ބުރިކޮށް ވަގަށް ނެގުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

0%
0%
0%

ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަކަށް ގުޅާފައިވާ ކޭބަލެއް ބުރިކޮށް ވަގަށް ނެގުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޭބަލް ބުރިކުރި މިމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:21 ހާއިރު އެވެ.

މިމައްސަލަ އާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހްމީ ވިދާޅުވީ މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން ކޭބަލެއް ބުރިކޮށް ނެގުމަށްފަހު އިތުރު ކޭބަލެއް ބުރިކުރަންވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގައި މަގުމަތީގައި ހުންނަ ކަރަންޓު ކޭބަލްތައް ވަގަށް ނެގުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި މިއަހަރުގެ މާޗް މަހު މީހަކު ވަނީ މަރުވެސް ވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345