މޯލްޑިވްސް ޕޮލިސް ސާވިސް

ސްޓެލްކޯގެ މުވައްޒަފަށް ހަމަލާދިން މީހާގެ ވަނަވަރު ހާމަކޮށްފި

ށ. ބިލެތްފަހި، ޗަނބޭލީގެ، އިބްރާހީމް ޛާލިފް
0%
0%
0%

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން މަސައްކަތްކޮށް ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާދިން މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ބިލެތްފަހި، ޗަނބޭލީގެ، އިބްރާހީމް ޛާލިފް (37އ) އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ ހުޅުމާލެ ދެވަނަ ފިޔަވަހި ރީތިގަސް މަގު ބްރިޖު ކައިރީ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅެނިކޮށް ސްޓެލްކޯގެ މުވައްޒަފުން ހުއްޓުވުމުން މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ރޭ 9:43 ހާއިރު އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު އެ ކުންފުނީގެ މުވައްޒަފުން އަތުލައިގަތް ކަމަށާއި ވައްކަން ކުރަން އުޅުނު މީހާ ސްޓެލްކޯގެ މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފަ އެވެ.

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި ސްޓެލްކޯގެ މުވައްޒަފުގެ ބޮލުގައި ޖަހައި މަރާމާރީ ހިންގުމުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރި ކަމަކުން ނުވަތަ މަރުގެ އެތިފަހަރަކުން އެ މުވައްޒަފު ސަލާމަތްވީ ހަމަ ކިރިޔާ އެވެ. އަދި އެ މުވައްޒަފު އެ ވަގުތު ދެއްކި ހިތްވަރުގެ އަގު އެ ކުންފުނިން ވަޒަން ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345