ދުއްވާފައި ދިޔަ ޕިކަޕަކުން ޖެހި ޗާންދަނީ މަގުގައި ހުރި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށްޓަކަށް ގެއްލުން ލިބުމުގެ ސަބަބުން އެ ސަރަހައްދުގެ ބައެއް ގެތަކަށް ކަރަންޓް ކެނޑިދާނެތީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޕިކަޕުން ޖެހުނީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށި ބަހައްޓާފައި ހުރި ޖަލާލުއްދީން މިސްކިތް ސަރަހައްދުގައިވާ ގެެއެއްގަ އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާދިސާއާ ގުޅިގެން އެއްވެސް ގެއަކުން ކަރަންޓް ކަނޑައިގެން ދިޔަ ކަމުގެ މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށެވެ. ފޮށްޓަށް ލިބުނު ގެއްލުންވެސް މިއަދުގެ ވަގުތެއްގައި ހައްލުކުރާނެ ކަމުގައި ވިދާޅުވި އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ބަލަމުންނެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.