މޯލްޑިވްސް ޕޮލިސް ސާވިސް

ޖިންސީ ގުނަވަން ދެއްކި އިންޑިއާ މީހަކު ހައްޔަރަށް

May 14, 2022
3

އާންމު ތަނެއްގައި ހުރެ ޖިންސީ ގުނަވަން ދެއްކި ބިދޭސީ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެ މީހާ ޖިންސީ ގުނަވަން ދެއްކި ވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އެ މައްސަލައިގެ ރިޕޯޓު ރޭ 21:57 ހާއިރު ފުލުހުންނަށް ހުށަހެޅުމުން އެމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާ ފިރިހެނެކެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރޭ އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެމީހާ މަސްތުގެ ހާލަތުގައި ޖިންސީ ގުނަވަން ދައްކަމުން ދިޔައީ ގިނަ މީހުން ޖަމާވެފައި އޮންނަ އާޓިފިޝަލް ބީޗުގަ އެވެ. އޭނާ ޖިންސީ ގުނަވަން ދައްކައިގެން އެތަނުތެރޭގައި ހިނގަން ފެށުމުން އެ ސަރަހައްދުގައި ތިބި މީހުން ވަނީ އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފަ އެވެ.