މަގުމަތީގެ އެކްސިޑެންޓް

އެމްބިއުލާންސެއް އެކްސިޑެންޓް ވެއްޖެ

May 16, 2022

އެމްބިއުލާންސެއް އެކްސިޑެންޓް ވެއްޖެ އެވެ.

މިރޭ 7:30 އެހާކަންހާއިރު ހިނގި އެކްސިޑެންޓްގައި އެމްބިއުލާންސް ކޮންޓްރޯލް ނުވެ ސައިކަލްތަކެއްގައި ވަނީ ޖެހިފައެވެ. އޯކިޑް މަގުގައި ހިނގި އެކްސިޑެންޓްގައި އެމްބިއުލާންސް އިން ޖެހި ވަރަށް ގިނަ ސައިކަލްތަކަށް ވަނީ ގެއްލުން ވެފައެވެ.

އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.