މޯލްޑިވްސް ޕޮލިސް ސާވިސް

ގެއެެއްގެ މަތިން ކުއްޖަކު ވެއްޓިއްޖެ، ކުއްޖާ ނުފެނިގެން ހޯދަނީ

ގެއެެއްގެ މަތިން ކުއްޖަކު ވެއްޓިއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ މާފަންނު ގެއެއްގެ މަތިން 12 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާ ކަމަަށެވެ. އެ ހާދިސާގެ ރިޕޯޓް އެ ހިދުމަތަށް ލިބުނީ 8:30 ގައެވެ.

ނަމަވެސް ވެެއްޓުނު ކަމަށް ބުނާ ކުއްޖާ ފެނަން ނެތުމުން އެ ކުއްޖާ ހޯދަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކުއްޖާ ވެއްޓިފައިވަނީ ހަތަރުވަަނަ ފަންގިފިލާއިން ކަމަަށް ފުލުހުންނަށް ލިބުނު މައުލޫމާތަށް ބިނާކޮށް އެ ހިދުމަތުން ބުނެ އެވެ.

ފުލުހުން ދެންމެ ވަނީ އެ ކުއްޖާ ގެއަށް އައިސްފައިވާ ކަމަށް ބުނެފައެވެ. ކުއްޖާ ގެއަށް އައީ ހާދިސާ ހިނގި ކަމަށް ބުނާ ގަޑީގެ އެއްގަޑިއިރާއި 17 މިނެޓް ފަހުންނެވެ. އެއީ 9:47 ގައެވެ. ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.

ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ. އިމާރާތުގެ މަތީން ކުއްޖާ ވެއްޓުނު ކަމެއް ނުވަތަ ނޫން ކަމެއްވެސް މިހާރު ކަށަވަރެެއް ނޫނެވެ. އަދި ވެއްޓުނު ކަމަށް ބުނާ ވަގުތުން ފެށިގެން ގެއަށް އައުމާ ދެމެދު ހިނގި ވަގުތުތަކުގައި ކުއްޖާ އުޅުނީ ކޮންތާކު ކަމެއްވެސް ސާފެއް ނުވިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކުރި ގޮތަކާ ގުޅޭގޮތުން ސުވާލު ކުރުމުންވެސް ފުލުހުން އަދި ޖަވާބެއް ނުދެއެވެ.