ބޮލީވުޑް

ލަވަކިޔަން ސްޓޭޖުމަތީ ހުއްޓާ މަރުވެގެން ވެއްޓިއްޖެ

އިންޑިޔާގެ ލަވަކިޔުންތެރިއެއް ކަމަށްވާ އެޑާވާ ބަޝީރު ސްޓޭޖުމަތީގައި ހުރެ ލަވަކިޔަނިކޮށް މަރުވެގެން ވެއްޓިއްޖެ އެވެ. ބަޝީރު އަކީ މެލަޔާލަމް ލަވަ ކިޔުމަށް ވަރަށް މަޝްހޫރު ކެރެލާ މީހެކެވެ. ނަމަވެސް އޭނާ މަރުވެގެން ވެއްޓުނުއިރު ކިޔަމުން ދިޔައީ "މާނާ ހޮ ތުމް" ކިޔާ ހިންދީ ލަވަ އެކެވެ.

އުމުރުން 78 އަހަރުގެ ބަޝީރުގެ ޖަނާޒާ ކެރެލާގެ ގަބުރުސްތާނެއްގައި ހޮނިހިރު ދުވަހު ވަނީ ބާއްވާފަ އެވެ.

ބަޝީރު ލަވަކިޔަމުން ދަނިކޮށް ސްޓޭޖަށް ވެއްޓުމާއެކު ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭނާ ބެލި ޑޮކްޓަރުން ބުނެފައިވަނީ ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައި އޮތް ކަމަށެވެ.

މުސްލިމެއްކަމަށްވާ ބަޝީރަކީ ކުޑައިރުއްސުރެ ލަވަ ކިޔުމަށް މަޝްހޫރު އަދި ލަވައިގެ ރޮނގުން ގިނަ އެވޯޑުތަކެއް ހާސިލުކޮށްފައިވާ މީހެކެވެ.