މަރު

ޗައިނާ ފަތުރުވެރިއަކު މަރުވެއްޖެ

ޗައިނާ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ޅ އަތޮޅުގައި ހިންގާ ރިސޯޓެއްގައި މޫދު ކައިިރިއަށް ވެއްޓިފައި އޮތް ފަތުރުވެރިއަކު ނައިފަރުގަައި ހުންނަ ޅ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 4:41 ގައި ކަމަށްވެސް ބުންޏެވެ.

މަރުވެފައިވަނީ އުމުރުން 32 އަހަރުގެ ޗައިނާ އަންހެނެކެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.