ހަބަރު

ސައޫދީ ޝޫރާ ކައުންސިލްގެ ރައީސް ރާއްޖެ ވަޑައިގަންނަވައިފި

ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްގެ ރައީސް ޑރ. އަބްދުﷲ ބިން މުހައްމަދު ބިން އިބްރާހިމް ބިން އާލް-ޝައިހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ޝޫރާ ކައުންސިލްގެ ރައީސް ރާއްޖެ ވަޑައިގެންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ދައުވަތަކަށް މިއަދު މެންދުރު ކަމަށެވެ. އަބްދުﷲ އަށް ރާއްޖެއިން މަރުހަބާ ވިދާޅުވީވެސް އެމަނިކުފާނެވެ. ނަމަވެސް ދަތުރުފުޅާބެހޭ އިތުރު މައުލޫމާތެއް މަޖިލީހުން ހާމައެއް ނުކުރެ އެވެ.

މަޖިލިސް ރައީސް އަބްދުﷲ މަސީހުގެ އިތުރަށް މަޖިލީހުގެ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ އަބްދުﷲ އަށް އައިއެންއައިއޭ އިން މިއަދު މަރުހަބާ ދަންނަވާފަ އެވެ.