މޯލްޑިވްސް ޕޮލިސް ސާވިސް

އީދު ދުވަހުގެ މާރާމާރީ: އިތުރު މީހަކު ހައްޔަރު

އީދު ދުވަހުގެ މާރާމާރީއާ ގުޅިގެން ހޯދަމުންދާ ހަތަރު މީހުން: އެކަކު ވަނީ ރޭ ހައްޔަރުކޮށްފައި -- އަހުމަދު މުއާޒް | އަވަސް ފޮޓޯ
50%
0%
50%

އީދު ދުވަހު ޖަނަވަރީ މަގާއި މަޖީދީމަގު ގުޅުނު ކަންމަތީ ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގި މާރާމާރީގެ ތުހުމަތު އޮތް އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މެއި ދެވަނަ ދުވަހުގެ ހެނދުނު ހިނގި މާރާމާރީއާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އިތުރު ފަސް މީހަކު ހޯދަން ފޮޓޯއާއެކު އެ މީހުންގެ ވަނަވަރު އާންމުކުރި އެވެ. އެ ފަސް މީހުންގެ ތެރެއިން ގއ. ގެމަނަފުށި ކެނެރީގެ، އަހުމަދު ނާޒިހް (27އ) މެެއި 12 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.

ރެއާ ހަމައަށް ހޯދަމުން އައީ ކ. މާލެ/ ދަފްތަރު ނަންބަރު 2260، މައުސޫމް މުހައްމަދުދީދީ (27އ) އާއި ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަހްމަދު ރަބީއު (24އ) އާއި ސ. ހުޅުދޫ/ ނާދީ، މުނާދު ޖައުފަރު (20އ) ގެ އިތުރުން ސ. މަރަދޫ/ ކޮރަލް، އަހްމަދު ސާތިއު (21އ) އެވެ.

ފުލުހުން ދެންމެ ބުނީ ސ. މަރަދޫ/ ކޮރަލް، އަހްމަދު ސާތިއު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައެވެ.

މާރާމާރީތައް ހުއްޓިފައި އޮތުމަށްފަހު އީދު ބަންދު ތެރޭގައި މާލެ އަދި ހުޅުމާލޭގައި ވަނީ ސިލްސިލާ މާރާމާރީތަކެއް ހިންގާފަ އެވެ. މާރާމާރީތައް ހިންގީ ކޮން ސަބަބަކާ ގުޅިގެންކަން ނޭންގުނަސް އެ މާރާމާރީތައް ވަޅު އީދު ދުވަހު ފަށަން އޮތް ބައިބަލާ މުބާރާތާއި ގުޅުން އޮތް ކަމަށް ބެލެވި އެ މުބާރާތް ފުލުހުން އެދިގެން ފަސްކުރި އެވެ. މުބާރާތް ފަހުން ބޭއްވީ މާރާމާރީތަކާއި ގުޅުންހުރި މީހުން ވަކިކޮށް ސެކިއުރިޓީ ފިޔަވަޅުތައް ވަރުގަދަ ކޮށްގެނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގާދިރު

މި ފުލުހުންނާ ގުޅިގެން ހިންގާ ޖަރީމާއެއް، މި މީހުން ދޫވެފައި އެތިބެނީ ވަޅިޖަހަންވާ މީހުން ނޫން ބަޔަކަށް ޖެހުނީތީވެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެކަންވީމަ އަދި ތިމީހުން ފުލުހުންނަށް ފެންނަނި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345