ހައިކޯޓް

ހައި ކޯޓަށް ފަނޑިޔާރަކު ހޯދަނީ

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ސުޕްރީމް ކޯޓުން އިއުލާނުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ އިއުލާނެއްގައި ބުނެފައި ވަނީ ހައިކޯޓަށް ފަނޑިޔާރެއް ބޭނުންވެގެން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ، ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި އައްބާސް ޝަރީފު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ޝަރުތަކީ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއި އުމުރުން 25 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހަކީ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވުމާއި އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރި ކަމަށް ސާބިތުވެފައިނުވުމާއި އެފަދަ ކުށެއް ކޮށްފައިވާނަމަ ހުކުމެއް ތަންފީޒުކޮށް ނިމިފައިވާތާ ހަތް އަހަރު ވާންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ އިއުލާނުގައިވ ނެރުނު ޝަރުތުތަކުގައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އަސާސީ މުސާރައަށް މަހަކު 36،000ރ. އެވެ. ލިވިންގް އެލެވެންސެއްގެ ގޮތުން 15،000ރ. ދެ އެވެ. ރިސްކް އެލަވަންސަކަށް 3300ރ. ދެ އެވެ. އިތުރުން ފޯނު އެލަވެންސާއި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއެވެ.