ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް

ތިލަފުށީގައި ދިގު މަގެއް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

ތިލަފުށީގައި 820 މީޓަރުގެ މަގެއް ތާރަ އަޅައިގެން ހަދައިދޭނެ ފަރާތެއް ބަޔަކު ހޯދަން ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑުން އިއުލާނު ކޮށްފި އެވެ.

ތިލަފުށި ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތިލަފުށި އެކެއް އަދި ޓީއައިޒެޑް ގުޅުވައިދިނުމަށް މިހާރު ހަދާފައިވާ ކޯސްވޭގައި، އެކްސެސް ރޯޑް ޕްރޮޖެކްޓްގެ ދަށުން ތާރު އަޅަައި 820 މީޓަރުގެ ދިގުމިނުގެ މަގެއް ޑިޒައިންކޮށް މަގު ހަދައިދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ބޭނުންވާ ބީލަން ފޮތުގެ އަގަކީ 100 ޑޮލަރެވެ. އަދި ބީލަން ހުށަހަޅާއިރު ބޭންކު ގެރެންޓީގެ ގޮތުގައި ދޭ 90 ދުވަހުގެ ތެރޭގައި 19500 ޑޮލަރު ހުށަހަޅަންވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުގެ އިއުލާނުގައި ބުނެފައިވެ އެވެ.

ތިލަފުށި ކޯޕަރޭޝަނުން ބުނީ ބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބަލައިގަންނަ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅާ ޓެކްނިކަލް އަދި ކޮމާޝަލް ޕްރޮޕޯސަލްތައް ހުށަހަޅަންޖެހޭނީ ވަކި ދޭއްޗެއްގެ ގޮތުގައި ކަމަށެވެ.

މަސައްކަތަށް ބޭނުންވާ ބީލަން ފޮތް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީހުން ލިބެން ހުންނާނެ އެވެ. ބިޑް ހުށަހެޅުމާއި ޓެކްނިކަލް ޕްރޮޕޯސަލަށް ބިޑް ހުޅުވައިލާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.