ޖިންސީ ގޯނާ

ލިފްޓެއްތެރޭ ޖިންސީ ގޯނާކޮށްފި

ލިފްޓެއް ތެރޭ ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މި ހާދިސާ ހިނގީ ހެންވޭރުގައި ހުންނަ ގެއެއްގައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހެންވޭރު ގެއެއްގައި އުޅެމުންދިޔަ އަންހެނަކު އެ ގޭގެ ލިފްޓަށް އެރި ވަގުތު ލިފްޓަށް އެރި ފިރިހެނަކު އެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ. އެ މައްސަލަ ހުށައަޅާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

މައްސަލައިގެ އިތުރު ތަފްސީލް ނުދީ ބުނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވަމުންދާއިރު އެކަމާއި ގުޅިގެން މުޖްތަމައުގެ ތެރޭގައި އޮތް އަމާންކަން ގެއްލި ބިރުވެރިކަން ދަނީ އިތުރުވަމުންނެވެ.