މަގުމަތީގެ އެކްސިޑެންޓް

ބަހުން ޖެހި އިއްޔެ ދެ އެކްސިޑެންޓް

Jun 19, 2022
2

އެމްޓީސީސީގެ ދެ ބަހަކާއި ސައިކަލެއް ޖެހި އިއްޔެ ދެ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ އިއްޔެ ހިނގި ބަސް އެކްސިޑެންޓަކާއި ގުޅިގެން މައުލޫމާތު ދިނުމުގައި އޮޅޭ ގޮތަށް މައުލޫމާތު ދީފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސާފުކޮށް ދެމުންނެވެ.

ފުލުހުން ބުނީ ކުރީގެ ކުނިކޮށި ކައިރީ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ. އެއީ އިއްޔެ މެންދުރު 12:19 ހާއިރުއެވެ. އެކްސިޑެންޓާއި ގުޅިގެން ސައިކަލްގެ ފަހަތުގައި އިން 66 އަހަރުގެ ދިވެހި އަންހެނަކަށް ވަނީ އަނިޔާވެފައެވެ. އެ މީހާގެ އަތުގެ ދެ ތަނެއް ވަނީ ބިންދައިގެން ގޮސްފައެވެ. ނަމަވެސް ފުލުހުން އެ ތަފްސީލެއް ނުދެއެވެ.

ބުނީ އެކްސިޑެންޓާއި ގުޅިގެން ލިބުނު އަނިޔާތަކަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ކަމަށެވެ. ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް އޮތް ކަަމަށްވެސް ބުންޏެވެ. އަދި ބަސް ދުއްވަން އިނީވެސް އެ ގެޓަގަރީގެ ލައިސަންސް އޮތް މީހެއް ކަމަށް ބުންޏެވެ.

ދެވަނަ އެކްސިޑެންޓް ހިނގީ ބްރިޖް ލައިޓް ކައިރިން އެމްޓީސީސީގެ ބަހަކުން ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގީ މެންދުރު ފަހު 3:14 އެހާކަން ހާއިރު ކަމަށްވެސް ބުންޏެވެ.

އެކްސިޑެންޓްވީއިރު ސައިކަލް ގައި އިނީ 53 އަހަރުގެ އަންހެނެއް ކަމަށާ އެ މީހާ ވެއްޓި އަނިޔާވެފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އަންހެން މީހާގެ ފައިން ހަން މަށައިގެން ދިޔައީ އެވެ. އިތުރު އަނިޔާއެއް ލިބުނު ކަމަކަށް ނުބުނެއެވެ.