ރާއްޖެ ކުޅިވަރު

މާޗު މަހު ބީ ލައިސަންސް ކޯޗިން ކޯހެއް ބާއްވަނީ

ފުޓްބޯޅަ ބީ ލައިސަންސް ކޯޗިން ކޯހެއް އަންނަ މާޗު މަހު ފަށަން އެފްއޭއެމުން ނިންމައިފި އެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް އެފްއޭއެމުން ވަނީ ހުޅުވާލައިފަ އެވެ.

މާޗު މަހުގެ ހަޔަކުން 26 އަށް ބާއްވާ ކޯހުގައި ކިޔަވާ ދެއްވާނީ އެފްއޭއެމުގެ ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު ޝިޔާޒް (މޯހަން) އެވެ.

މި ކޯހަކީ ރާއްޖޭގައި ތިބި ސީލައިސަންސް ފުޓްބޯޅަ ކޯޗުންނަށް އިތުރަށް ކުރިއެރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ ކޯހެކެވެ.