އެޓާނީ ޖެނެރަލް

ހާރިޖީ މަސްލަހަތު ނަގާލުން ޖިނާއީ ކުށަކަށް ހަދަނީ

އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނު: މިއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ބިލެއް އެކުލަވާލައިފައި --
0%
50%
50%

ދިވެހިރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ބަންޑާރަ ނައިބު އޮފީހުން ރައީސް އޮފީހަށް ބިލެއް ފޮނުވައިފި އެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅީ، ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއަމާންކަމާއި، ރައްކާތެރިކަމާއި، އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތަކަކީ ވަކި ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ކަމަށެވެ.

އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ބިލުގައި ހިމަނާފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެ އެވެ.

އިސްލާހުގެ ދަށުން ޖިނާއީ ކުށެއްގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަން

  • އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުން ނުވަތަ ބަދަލު ގެނައުން
  • އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުން ދިނުމަށް ގޮވާލުން
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުން

ކުރީގެ ރައީސް އިބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގައި އަންނަނީ ކެމްޕޭނެއް ކުރަމުންނެވެ. މި ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކެމްޕޭނެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރަކުން ކަނޑައަޅުއްވާފަ އެވެ.

އެ ގަރާރުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، މިއީ އެންމެހާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެކެވެ. މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަން ނަގައިލައި، ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށް ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ވަކިން ހާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި އަދި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތުތައް ރޫޅުމުގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ވެސް ފާހަގަކުރެއްވޭ ކަމަށް ބަޔާންކުރައްވާފައިވެ އެވެ.

އަދި މި ކެމްޕޭނު ނުހުއްޓެއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި، ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެ ކަމަށް މި ގަރާރުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

އެކަމަކު މިއީ ގާނޫނާ ހިލާފު ގަރާރެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެ އެވެ. އަދި އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށް ވެސް އެ ކޯލިޝަނުން ބުނެފައިވެ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހުމަދު1

މަޑުމަޑުން މިތާގެ ދީން ފޮހެލުމުގެ މަސައްކަތް ލާދީނީ ސަރުކާރު މިކުރަނީ. ކުރިން ނަފްރަތު ގެ ބިލުގެ ނަމުގަ. މިހާރު މިކަމެއް. މާދަމާ ބުނާނެ އެހެންދީންތައް ގޯހޭ ބުނެގެންވެސް ނުވާނެޔޭ

ލލ

ހިންދޫ ދީން ފަތުރަން އިންޑިޔާއިން އދ ހުށަހަޅައިގެން ޔޯގާ ފާސްކުރިޔަސް ދިވެހިން ނުޖެހޭ އެޔަކަށް ތަބާވެ ޝިރުކުގެ އެ ޢަމަލުގައި ބައިވެރިވާން، ޔޯގާ ވައްތަރީ ކަސްރަތަކަށް ވުރެން ބޮޑަށް ހިންދީ ދީނުގެ އަޅުކަމަކާއި، ތީގައި އެމީހުންގެ ކަލާގެ ސިފަވާ ގޮތަށްވެސް އިންނަންޖެހޭ ” ކަސްރަތަކަށްވާނީ އެކްސަސައިޒު ލިބޭ ކަސްރަތު، ޔޯގާގައި އިންނަ ތަނުގައި ހުރެ ކުރާ ހަރަކާތެއްކުރަނީ އެޔަކުން ހަށިގަޑަކަށް މާކަބޮޑު ކަސްރަތެއް ނުލިބޭނެ !

ސސ

ބުދަށް އަޅުކަން ކުރުމާއި ޝިރުކު ކުރުން ހުއްދަ ކުރަން ތިއުޅެނީ ދިވެހިރާއްޖޭގައި ދީނީމިނިވަން ކަމާއި ޢައިރު ދީންތަކަށް ޖާގަ ހޯދާދިނުން ތީގައި ފޮރުވިފައިވާ ކަމަކީ!

ސސ

ބުދަށް އަޅުކަން ކުރުމާއި ޝިރުކު ކުރުމާއި އަޅުވެތި ވުމަކީވެސް ކުށެއް ނޫން ކަމަށް ހަދާންވީ ނުންތޯ ؟

ހަމަހަމަކަން

އިންޑިޔާ ބިރުގަތީތަ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345