ފެންފުށި

ފެންފުށީ ހާދިސާ: އެކަކު މަރުވެއްޖެ

އއ. ފެންފުށީގައި މޫދަށް އެރި އުޅެނިކޮށް ހާލު ސީރިއަސް ވި ދެ ޒުވާނުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

ދެ ޒުވާނަކު މޫދަށް ގެއްލުނީ ފެންފުށީ ހުޅަނގު ފަރާތު ތުނޑި ސަރަހައްދުންނެވެ. ދިވެހި ފުލުހުން ހިދުމަތުން ބުނީ ފެންފުށީގައި މޫދަށް އެރި އުޅުނު ދެ މީހަކު ގެއްލިގެން އިރުއޮއްސި ހައެއް ޖެހިއިރު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި ގެއްލުނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ ދެ ޒުވާނުންވެސް ވަނީ ފެނިފައެވެ. އަދި އިތުރު ފަރުވާއަށް ވަނީ އދ މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އެއް ޒުވާނަކު ވަނީ މަރުވެފައެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން 23 އަހަރުގެ ޒުވާނާ އެވެ. އެއީ ތ އަތޮޅު ދިޔަމިގިއްޔަށް ނިސްބަތްވާ ޒުވާނެކެވެ.

ފުލުހުންވެސް ވަނީ އެކަން ޔަގީން ކޮށްދީފައެވެ.