ފެންފުށި

ކުޑަކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އދ. ފެންފުށީގައި ހަތަރު އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ފެންފުށީގައި އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މިއަދު ހަވީރު 3:20 ގައި ލިބުނު އެ ރިޕޯޓާއި ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ މޫދުގައި އޮއްވާ ކަމަށެވެ.

ކުއްޖާގެ ހަށިގަނޑު މޫދުން ނަގައިގެން އެ ރަށު ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.