މަގުމަތީގެ އެކްސިޑެންޓް

އެކްސިޑެންޓްގައި އަނިޔާވި އެކަކު ނިޔާވެއްޖެ

މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އެކަކު ނިޔާވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެކްސިޑެންޓްގެ މަައުލޫމާތު ލިބުނީ 6:09 އެހާކަންހާއިރު ކަމަށެވެ. ހަ މީހަކަށް އަނިޔާވެފައިވާ ކަމަށެެވެ. އެ މީހުންނަށް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އަދި އެކަކު ނިޔާވެފައިވާ ކަމަށެވެ. އެއީ އަންހެނެކެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. ހަަތަރު މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓްވި ބަހާއި ކާރެެއް ކަމަަށް ކުރީން ބެލެވުނު ނަމަވެސް ފުލުހުން ދެންމެ ބުނީ ފުރަތަމަ އެކްސިޑެންޓްވީ ދެ ކާރު ޖެހިގެން ކަމަށެވެ. އަދި އެއް ކާރު ކޮންޓްރޯލް ނުވެ ގޮސް ބަހުގައި ޖެހި އެކްސިޑެންޓްވީ ކަަމަށެވެ. އެ ކާރު އޮތީ ވަރަަށް ބޮޑަށް ހަލާކުވެފައެވެ. ބަހުގެ ކުރީގެ ބިއްލޫރިތައް ތެޅި ބޮޑެތި ގެއްލުން ވެފައި ހުއްޓެވެ.

އަނިޔާވީ މީހުންގެ ތެރެއިން ބައެއް މީހުންނަށް ސީރިއަސް ޒަހަމުތަކެއް ލިބިފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެއެވެ. ކާރަށް ލިބިފައިވާ ގެއްލުންތަކަަށް ބަލާއިރު ކާރުގައި ތިބި މީހުންނަަށްވެސް ބޮޑެތި އަނިޔާތަކެއް ވާނެ ކަމަށް ބެލެވެއެވެ.