މަގުމަތީގެ އެކްސިޑެންޓް

އިތުރު އެކްސިޑެންޓެއް؛ މިފަހަރު ބަހަކާއި ޕިކަޕެއް

ބަހަކާއި ޕިކަޕެއް ޖެހި އިތުރު އެކްސިޑެންޓެއް ހިނގައިފި އެވެ. މި އެކްސިޑެންޓް ހިނގާފައި މިވަނީ އިރުއޮއްސެނިކޮށް ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ހަ މީހަކަށް އަނިޔާވެ އެކަކު ނިޔާވެފައި ވަނިކޮށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހައިވޭގައި ހުޅުމާލެއަށް އަރާ ހިސާބުގައި ޕިކަޕްއަކާއި ބަހެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އެކްސިޑެންޓްގެ މައުލޫމާތު ލިބުނީ 9:21 އެހާކަންހާއިރު އެވެ.

މި އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށްވެސް ބުންޏެވެ.

ކުރީން ހިނގި އެކްސިޑެންޓްގައި ފުރަތަމަ އެކްސިޑެންޓްވީ ދެ ކާރު ޖެހިގެންނެވެ. އަދި އެއް ކާރު ކޮންޓްރޯލް ނުވެ ގޮސް ބަހުގައި ޖެހި އެކްސިޑެންޓްވީ ކަަމަށެވެ. އެ ކާރު އޮތީ ވަރަަށް ބޮޑަށް ހަލާކުވެފައެވެ. ބަހުގެ ކުރީގެ ބިއްލޫރިތައް ތެޅި ބޮޑެތި ގެއްލުން ވެފައި ހުއްޓެވެ.