މަގުމަތީގެ އެކްސިޑެންޓް

ނުރައްކާތެރި އެކްސިޑެންޓްގެ ހަގީގީ މަންޒަރު

މިއަދުގެ ހިނގި އެކްސިޑެންޓްގައި އެންމެ ބޮޑަށް ގެއްލުންވި ކާރު -- އަހުމަދު އަޒާން | އަވަސް
46.9%
18.8%
34.4%

އެކަކު މަރުވެ ފަސް މީހަކަށް އަނިޔާވި ނުރައްކާތެރި އެކްސިޑެންޓްގެ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

މިއަދު އިރުއޮއްސުނު ވަގުތު ބޮޑުތަކުރުފާނު މަގުން ޓްރެކް ސަރަހައްދުގައި ހިނގި އެކްސިޑެންޓްގައި ހަ މީހަކަށް އަނިޔާވި އެވެ. އެކަކަށް ފަރުވާ ދެނިކޮށް ވަނީ ނިޔާވެފައެވެ. އެކްސިޑެންޓްގައި ނިޔާވީ އުމުރުން 23 އަހަރު މަރިޔަމް އަމާނީ ރަޝީދު އެވެ.

އެކްސިޑެންޓްގައި އަނިޔާވީ ހަތަރު އަންހެނަކަށާއި ދެ ފިރިހެންނަށެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ ކަމަށްވެސް ވެއެވެ.

މިއަދުގެ ހިނގި އެކްސިޑެންޓްގައި އެންމެ ބޮޑަށް ގެއްލުންވި ކާރު -- އަހުމަދު އަޒާން | އަވަސް

ފުރަތަމަ މައުލޫމާތުތައް ފެތުރިގެން އައީ އެކްސިޑެންޓްވީ ކާރަކާއި ބަހެއް ޖެހިގެން ކަމެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް އެމްޓީސީސީގެ ބަހެއްގައި ޖެހި އެކްސިޑެންޓެންވީ ކަމަށެވެ.

ނަމަވެސް އެކްސިޑެންޓްގެ ހަގީގީ މަންޒަރު ފެންނަ ވީޑިއޯ މިހާރު ވަނީ އާންމުވެފައެވެ. ފުރަތަމަ ދެ ކާރެއް ޖެހެނީ އެވެ. ނަމަވެސް އެއީވެސް އެކްސިޑެންޓްގައި އެންމެ ބޮޑަށް ގެއްލުންވި ރަތް ކާރުގެ ސްޕީޑް ގެއްލިގެން ގޮހެވެ. ހުދު ކާރެއް ގައި ޖެހި ދެންވެސް ކޮންޓްރޯލް ނުވެ އެނބުރެމުން ގޮސް ދުއްވާފައި އައި އެމްޓީސީސީ ބަހުގައި ޖެހެނީ އެވެ. އޭރު ބަސް ފަހަތުގައިވެސް އިތުރު ކާރެއް އޮވެއެވެ.

އެކްސިޑެންޓްވީ މަންޒަރު ފެންނަ ވީޑިއޯ

ކާރު ބަހުގައި ޖެހެނީ ވަރަށް ދުރުން ފެށިގެން އެނބުރެމުން އައިހެވެ. ކާރުގައި ތިބި މީހުންނަށް ބޮޑެތި އަނިޔާތަކެއް އޭރުވެސް ވެފައިވާނެ ކަމަށެ ބެލެވެއެވެ. އަދި ބަހުގެ ކުރީކޮޅުގައި ޖެހުމުން އިތުރު އަނިޔާތައް ލިބޭނެ ކަމަށް ބެލެވެއެވެ.

އެކްސިޑެންޓްވުމާއެކު ވަގުތުން ބަސްވެސް ހުއްޓެއެވެ. ކަސްރަތަށް މަގުމަތީ ދުވަމުން ދިޔަ ދެ މީހަކު ސަލާމަތްވީވެސް ކިރިޔާ އެވެ.

މިއަދުގެ ހިނގި އެކްސިޑެންޓްގައި އެންމެ ބޮޑަށް ގެއްލުންވި ކާރު -- އަހުމަދު އަޒާން | އަވަސް

އެކްސިޑެންޓްގައި އަނިޔާވި އެކެއްގެ ހޭ އަދިވެސް ނާރައެވެ. އަދި ބައެއް މީހުންގެ އޮޕަރޭޝަން ވަނީ ކޮށްފައެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސިޓިޒަން

ޑްރަގް ވިއްކައިގެން ކާރު ގަންނަން ވާނެ، ޑްރަގް ބޮއެގެން ކާރު ދުއްވަންވެސް ވާނީ.

ޏުރައްކާ

ހީވަނީ އެ ކާރުގަ އިން ކުއްޖާ ކާރު އަނބުރާލަން އުޅުމުގެ ތެރޭގަ ކައްސާލީހެން ދޯ؟

އައިލާ

މި ދެން ތަން ފުކެއް ބޮޑުވަރު! ޢެ ވީޑިޔޯ އިން އެބަފެނޭ ކިހާ ހިސާބަކުން އޭގެ ކޮންޓްރޯލް ގެއްލިފައިވާކަން! ދުއްވާ މީހާއަށްވެސް ވިއްސާރައިގަ ބުރަކި ޖައްސަން އުދަގޫވާނެ ކަން އިގޭނެ، އެހެންވީރު ބުރަކި ފަސޭހައިން ގެއްސޭނެ ސްޕީޑެއްގައި ދުއްވަން ވިސްނެންވާނެ، އޭގެ ޓަޔަރު ޑްރިފްޓް ކުރުމުގެ ސަބަބުން ހަލާކުވެފައިވާނަމަ ވިއްސާރައިގަ ނުދުއްވަން އިގެންވާނެ! ވިސްނަންޖެހޭނީ ހަމަ އެކަނި ތިމާ އާ ތިމާގެ މީހުންނާ ދޭތެރޭއެއްނޫން، މަގުމަރީގަ އުޅޭ އެހެންމީހުންގެ ރައްކާއާ ސަލާމަތާ ދޭތެރޭވެސް ވިސްނަންޖެހޭނެ! ދަރިއެއް ގޮވައި މިކުޑަ މާލެގައި ބޭރައް ނިކުންނަން ބިރުގަންނަ ފާޑަށް ދުއްވާ މީހުން ގިނައީ! ކިތަންމެ އަމިއްލައަށް ބެލިޔަސް އެއްވެސް ރައްކާތެރިކަމެއް ސަލާމަތެއްނެތް ވަަރަށް ދެރަ...

ކަހެރުވަށް

ކާރު ދުއްވި ގޮތް އެވަނީ ފެނިފަ ދެން ބަލަން ވީ ލައިސެން ހޯދި ގޮތް

ހަސަނުގ

އެހެން ކާރެއްގަ ޖެހުނީވެސް ކޮންޓްރޯލުން ނައްޓާލާފަ އޮއްވައެއްނު. ތިދުންވަން އިން މީހާ މާ މޮޅީ. މިހާރު އެނގޭނެ މޮޅުވަރު.

ފުއާދު މޫސާ

ވާރޭގަ ކާރެއްގެ ކޮންޓްރޯލު ގެއްލުމަކީ ކޮންމެ މީހަކަށްވެސް ވެދާނެ ކަމެއް.

ހ

ވީޑިއޯ ބަލާފަވެސް ހަގީގަތް ލިޔާކަށް ނޭގުނު ބައެއް..

ޖުލައި

މަގުގެ އެއްފަޅީގެ މެދުން ކަސްރަތަށް ދުވަމުން ދިޔަ ދެ މީހުން ފެނިގެން ވީ ކަމެއްކަމަށްވެސް ވެދާނެ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910