މާލޭގެ ދެ ސަރަހައްދެއް ބަންދުކޮށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިިފި އެވެ.
ނަމަވެސް ބަންދުކޮށްގެން ހިންގާ އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ބާރުތަކުން އަދި ހިއްސާއެއް ނުކުރެ އެވެ.
ބަންދުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުުޅުއްވާ ރަސްމީ ގެކޮޅު މ. މުރައިދޫގެއާއި ނައިބް ރައީސް ފައިސަލް ނަސީމު ދިރިއުޅުއްވާ ހިލާލިގެ ކައިރިއާއި ޗައިނާ އެމްބަސީ ހުންނަ ސަރަހައްދެވެ.
އަވަސް އެނގިފައިވާ ގޮތުގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ މާލެ ސިޓީ ކައުންސިލް އިދާރާގެ ޕޯޓަލްއަށް މީހަކު ފޮނުވި އިންޒާރުގެ މެސެޖުތަކެއް ސިޓީ ކައުންސިލުން ސަލާމަތީ ބާރުތަކާ ހިއްސާކުރުމާ ގުޅިގެންނެވެ. މިމައްސަލައިގައި ސިޓީ ކައުންސިލުން ވެސް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.