ސްކޫލް

އަސްލަމް ވެސް ގައުމީ ޓީމުން އިސްތިއުފާދީފި

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބުދުއްރަހީމް ވެސް އިސްތިއުފާދީފި އެވެ.

ކުރީގެ ގައުމީ ކީޕަރު އިސްތިއުފާމިދިނީ ކޯޗާމެދު ހިތްހަމަނުޖެހިގެން އެސިސްޓެންޓް ކޯޗު އައްސަދު އަބުދުލްގަނީ ވެސް މިއަދު އިސްތިއުފާދީފައިވަނިކޮށެވެ.

އަސްލަމް މިއަދު އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ނެގި އެންމެ އުނދަގޫ ނިންމުން ކަމަށެވެ.

"އަހަންނަށް ނުފެނޭ ގައުމީ ޓީމުގައި ގޯލްކީޕަރު ޓްރޭނަރއް ހުރުމުގެ މުހިންމުކަން. މިހެންވެ އަހަރެން ނިންމައިފިން ޓީމާއެކު ނުދާން. އަހަރެން އެދެނީ ދިވެހި ގައުމީ ޓީމާއި ކުޅުންތެރިންނަށް ފާގަތި މުސްތަގްބަލެއް،" ވެލެންސިއާ އާއި ނިއުރޭޑިއަންޓްގެ ކުރީގެ ކީޕަރު ބުންޏެވެ.

އަސްލަމް ޓީމުން އިސްތިއުފާދިންއިރު އޭނާ ބޭނުންވާ ގޮތަށް ޕްރެކްޓިސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިިބިފައިނުވާކަން ތަކުރާރުކޮށް ގައުމީ ޓީމުގެ އޮފިޝަލުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ކޯޗު ރިކީ ހާބަޓް އަސްލަމާ އެއްވެސް ކަމެއްގައި މަޝްވަރާނުކުރާތީވެ ދެ ފަރާތުގެ މެދުގައި ހިތްހަމަނުޖެހިފައިވާ ކަމަށްވެ އެވެ.