މޯލްޑިވްސް ޕޮލިސް ސާވިސް

މާލެއިން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް

މާލެ އިން ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހޯދަމުން ދަނީ 17 އަހަރުގެ އަންހެން ކުއްޖެއް ކަމަަށެވެ. އެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓް ކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ފުލުހުން ބުނި ގޮތުގައި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ. އަދި ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އެ ކުއްޖާގެ އާއިލާ މެންބަރު ބުނީ އާދިއްތަ ދުވަހުގެ މެންދުރު 2:30 ގައި ކަމަށާ އޭރު ލައިގެން ހުރީ ނޫ ކުލައިގެ ޖިންސަކާއި ކަޅު ކުލައިގެ ޓޮޕެއް ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ އައިމިނަތު ޒަރާ ރިޔާޒް ނަމަކަށް ކިޔާ ކުއްޖެކެވެ.

މާލެއިން މީހުން ގެއްލޭ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އެފަދަ ބައެއް ކަންކަން ހިނގަނީ އާއިލާތެރޭ ޖެހޭ މައްސަލަތަކާއި އަދި ލޯބީގެ ބައެއް ގުޅުންތަކުގެ ސަބަބުންނެވެ.