މޯލްޑިވްސް ޕޮލިސް ސާވިސް

ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފި

Jul 14, 2022
2

މާލޭގެ ސްކޫލެއްގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބިދޭސީ މީހަކު ޖިންސީ ގޯނާކުރީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ.

މިމައްސަލަ މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ތުހުމަތުކުރެވޭ ބިދޭސީ ޓީޗަރު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 52 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. ނަމަވެސް އެއީ ޓީޗަރެއް ކަމަކަށް ފުލުހުން ނުބުނެ އެވެ.

މިމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުށަހެޅޭ މައްސަލަތައް ފުލުހުން ގެންދަނީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.