ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ބަލަމުންދާ މައްސަލައަކާ ގުޅިގެން ޝިފާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން ފުލުހުން ޔަގީންކޮށްދެ އެވެ. ނަމަވެސް މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.
ޝިފާގެ ޕާސްޕޯޓް ހިފަހައްޓާފައި މިވަނީ ޝިފާ ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.
ވީޑިއޯ އިން ފެންނަނީ އޭނާ ނޫން ކަމަށާއި އެއީ އެޑިޓެއް ކަމަށް ބުނެ ޝިފާ ވަނީ ދިފާއުގައި ވާހަކަދައްކާފަ އެވެ.
ބިދޭސީ ފިރިހެނަކާ އެކު ދިވެހި ފިރިހެނުންތަކެއް ވެސް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް މިހާރު ވަނީ އާންމުވެފަ އެވެ.
ފުލުހުން ދަނީ މިމައްސަލަތައް ތަހުގީގުކުރަމުންނެވެ. ނަމަވެސް މައްސަލައިގައި ތުހުމަތުކުރެވޭ ބައެއް މީހުން ހައްޔަރުނުކުރާތީ އާންމުންގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފަ އެވެ.