އުރީދޫ

އުރީދޫ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ޕީއެސްޖީގެ ކުޅުންތެރިންނާ ބައްދަލުކޮށްފި

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުލަބް، ޕެރިސް ސެއިންޓް ޖަމެއިންއާ ގުޅިގެން އުރީދޫއިން ހިންގި ބައިނަލްއަގްވާމީ ކެމްޕެއިން "ފޭންސް ޑޫ ވޮންޑާޒް" ކާމިޔާބުކުރި ފަރާތްތަކުން ދޯހާއަށް ދަތުރުކޮށްފި އެވެ. ޕެރިސް ސެއިންޓް ޖަމެއިންގެ ކުޅުންތެރިންނާ ބައްދަލުކޮށްލައި އިންޓަ މިލާން އާއި ޕެރިސް ސެއިންޓް ޖަމެއިންއިން މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ގަތަރުގެ އަލް ސައްދު ސްޓޭޑިއަމްގައި ކުޅުނު މެޗު ބަލައިލުމުގެ ފުރުސަތު މި ދަތުރުގެ ބައިވެރިންނަށް ވަނީ ދިނެވެ.

ރާއްޖެ އާއި އަލްޖީރިޔާ އާއި ޓިއުނީޝިޔާ އާއި ފަލަސްތީނާއި އޮމާނާއި ކުވައިތާއި ގަތަރު އަދި އިންޑޮނޭޝިޔާ އިން ހޮވާލެވުނު ބައިވެރިން ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ގަތަރުގެ އެސްޕަޔާ ޒޯންގައި ކުރިޔަށް ދިޔަ ޓްރެއިނިން ސެޝަންއެއްގައި، ކުޅުންތެރިންނާ އެކީ ބައިވެރިވުމުގެ ފުރުސަތު ވެސް ދިނެވެ.

ރާއްޖެއިން ގަތަރަށް ގޮސް، ޕެރިސް ސެއިންޓް ޖަމެއިންގެ މެޗެއް ބަލައިލުމާއެކު، ޓްރެއިނިން ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ އިސްމާއިލް އިމްދާދްއަށެވެ.

"މި ފުރުސަތު ލިބޭނެކަމަށް އަޅުގަނޑު ހިޔެއް ނުކުރަން. ޕެރިސް ސެއިންޓް ޖަމެއިންގެ ކުޅުންތެރިންނާއި ބައްދަލުވުމަކީ އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް، އަދި މި ފުރުސަތު ދެއްވި ކަމަށްޓަކާ އުރީދޫއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." އިމްދާދު ބުންޏެވެ.

"ޕީއެސްޖީގެ ޓީމް އަށް ދުނިޔޭގެ އެކިކަންކޮޅުން ފޮނުވި މެސެޖްތަކުން އެންމެ ފާހަގަކުރެވުނު އެއް މެސެޖް ރާއްޖޭގެ ޒުވާނެއް ފޮނުވައި، ފޭންސް ޑޫ ވޮންޑާޒް ކާމިޔާބު ކުރުމީ ވަރަށް ބޮޑު އުފަލެއް. މި ކެމްޕެއިން އަކީ ޕެރިސް ސެއިންޓް ޖާރމެއިން އާއި ގުޅިގެން ބައިނަލްއަގުވާމީ ޕާޓްނާ އެއް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ކެމްޕެއިން. އުރީދޫ އާއި ޕީއެސްޖީ ގެ ޕާޓްނާޝިޕްގެ ދަށުން ދުޅަހެޔޮ ސިއްހަތު ދެމެހެއްޓުމަށާއި ޒުވާން ކުދިންގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެ" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

ފޭންސް ޑޫ ވޮންޑަރޒް ކެމްޕެއިންގެ ވީޑިޔޯއަށް ޔޫޓިއުބްގައި ލިބުނު 30 މިލިއަން ވިއުސް އާއެކު މިކެމްޕެއިން ވެގެން ގޮސްފައިވަނީ އުރީދޫ ގްރޫޕްއަށް ރެކޯޑްތަކެއް މުގުރާލަދިން ކެމްޕޭނަކަށެވެ. ޕެރިސް ސެއިންޓް ޖަމެއިންގެ އެންމެ މަޝްހޫރު ފަސް ކުޅުންތެރިންކަމަށްވާ ޒްލަޓާން އިބްރަހިމޮވިޗް، ތިއާގޯ ސިލްވާ، ޑޭވިޑް ލުއިޒް، ބްލައިސް މަޓުއީޑީ އަދި ލޫކަސް މޯރާ ހިމަނައިގެން ވަރަށް ތަފާތުގޮތަކަށް ކުރިޔަށްގެންދެވުނު މި ކެމްޕެއިންގައި، ޒުވާނުންނަށް ޕީއެސްޖީ ކުޅުންތެރިންނަށް މެސެޖް ފޮނުވަން ދައުވަތު ލިބިފައިވެއެވެ. މި މެސެޖްތައް ފޮނުވުނީ މިކަމަށް ހާއްސަ ވެބްސައިޓް ނުވަތަ ޓްވިޓާ މެދުވެރިކޮށް، ހޭޝްޓެގް ހިމަނައިގެންނެވެ.

ޔޫޓިއުބް ވީޑިއޯއަށް ލިބުނު ތަރުހީބުގެ އިތުރުން، އުރީދޫއިން މި ކެމްޕެއިނަށް ޚާއްސަކޮށް އުފެއްދި ވެބްސައިޓަށް ވެސް ވަނީ މިލިޔަނަކަށް ވުރެ ގިނަ ފަރާތްތަކުން ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން ފޭސްބުކް ޕޭޖަށް 380333 ފޭނުން އިތުރުވެ، ޓްވިޓާގައި 80333 މެންޝަން ލިބިފައިވެއެވެ.