ރާއްޖެ ކުޅިވަރު

ޒުވާން ކުޅުންތެރިންތަކަކާއެކު ގައުމީ ޓީމު މާދަމާ ބަންގާޅަށް

އަންނަ މަހު އިންޑިޔާގައި ފަށާ ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށް ޒުވާން ކުޅުންތެރިންތަކަކާއެކު ބަނގްބަންދު ގޯލްޑް ކަޕުގައި ވާދަކުރަން ގައުމީ ފުޓްބޯޅަ ޓީމު މާދަމާ ބަނގްލަދޭޝް އަށް ފުރަން ހަމަޖައްސައިފި އެވެ.

ގައުމީ ކޯޗު ރިކީ ހާބަޓް ނަގާފައިވާ ޓީމުގައި ސީނިއާ ކުޅުންތެރިންނަށް ހިމަނާފައިވަނީ ޓީސީގެ ކީޕަރު މުހައްމަދު އިމްރާން އާއި މާޒިޔާގެ އަސްއަދު އަލީ (އަޑުބަރޭ) އާއި އިސްމާއީލް އީސާ (މެސީ) އާއި ޓީސީގެ އަހުމަދު އަބުދުﷲ (ލިލީ) އާއި އަލީ ފާސިރު (ސެންޓޭ) އަދި ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް އެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގަ އެވެ. ބަހުރޭނާއި ކެމްބޯޑިއާ އަދި ބަނގްލަދޭޝްގެ ޒުވާން ގައުމީ ޓީމު ހިމެނެނީ މި ގްރޫޕުގަ އެވެ.

ރާއްޖެ ޓީމުގައި ދެން މުޅިން ވެސް ހިމެނެނީ ޒުވާން ކުޅުންތެރިންނެވެ. ކޯޗު އަލަށް ފުރުސަތު ދީފައިވާ ކުޅުންތެރިންގެ ތެރޭގައި ގިނައިން ހިމެނެނީ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިންނެވެ.