ގައުމީ ކޯޗު ރިކީ ހާބަޓާ މައްސަލަޖެހިގެން ގައުމީ ޓީމުން އިސްތިއުފާދިން އެސިސްޓެންޓް ކޯޗު އައްސަދު އަބުދުލްގަނީ އާއި ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބުދުއްރަހީމަށް އެފްއޭއެމުން ޝުކުރު އަދާކޮށްފި އެވެ.
އެފްއޭއެމުގެ ރަސްމީ ޓުވިޓާގައ ބުނެފައިވަނީ އަސްއަދާއި އަސްލަމް ގައުމީ ޓީމަށާއި އެފްއޭއެމަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށާއި އެ ދެމީހުންނަށް ވެސް ކުރިމަގުގައި ކާމިޔާބު ލިބުމަށް އެދޭ ކަމަށެވެ.
އައްސަދާއި އަސްލަމް ގައުމީ ޓީމުން ވަކިވީ ކޯޗު އެއްވެސް ކަމަކާ މަޝްވަރާ ނުކުރާ ކަމަށާއި ޒިންމާ އަދާކުރަން ފުރުސަތުނުދީ ފުރައްސާރަކޮށް ކުޅުންތެރިންނާއި އޮފިޝަލުން ދޭތެރޭގައި މައްސަލަޖައްސަން ކަންތައްތައް ކުރާ ކަމަށްބުނެ އެވެ.
މި ދެ މީހުން ވަކިވި ނަމަވެސް އެސިސްޓެންޓް ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ވަނީ ކޯޗާއި އެފްއޭއެމާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށްބުނެފަ އެވެ.
ބަންގްބަންދު ގޯލްޑް ކަޕުގައި ވާދަކުރަން ގައުމީ ޓީމު މިރޭ ބަނގްލަދޭޝް އަށް ފުރާނެ އެވެ.