ބަޔާން މިއުނިކް

ފީފާ އެވޯޑް ނައިޓްގައި ބައިވެރިނުވާނެ

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން ފީފާ އެވޯޑް ނައިޓްގައި ބައިވެރިނުވާން ނިންމައިފި އެވެ.

އެކުލަބުން ނެރުނު ބަޔާނުގައިވަނީ އިސްކަން ދެނީ ފިނިމޫސުމުގެ ޓްރޭނިން ކޭމްޕަށް ކަމަށާއި މިހެންވެ އެވޯޑް ނައިޓްގައި އެކުލަބުގެ ކުޅުންތެރިންނާއި ކޯޗު ބައިވެރިނުވާނެ ކަމަށެވެ. އަދި މިއީ ފީފާއިން ގަބޫލުކުރާނެ އުޒުރެއް ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ބަޔާން މިއުނިކް ފިނި މޫސުމުގެ ޓްރޭނިން ކޭމްޕަށް މިހާރުވީ ގަތަރުގަ އެވެ. އެކުލަބުން އެވޯޑް ނައިޓްގައި ބައިވެރި ނުވާން ނިންމިއިރު ކޯޗު ޕެޕް ގާޑިއޯލާ އަކީ އެންމެ މޮލު ކޯޗު މަގާމަށް ވާދަކުރާ ތިން ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެވެ. އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ބަޔާންގެ ކުޅުންތެރިއަކު ނުހިމެނުނު ނަމަވެސް ފީފާ ޑްރީމް ޓީމުގައި އެކުލަބުގެ ކުޅުންތެރިން ހިމެނެ އެވެ.

ބަޔާންއިން ބުނީ އެވޯޑް ނައިޓްގައި އެކުލަބު ތަމްސީލުކުރަން އެކުލަބުގެ ލެޖެންޑެއް ކަމަށްވާ އަދި މިހާރު ކުލަބު އެމްބެސެޑަރެއްގެ ގޮތުގައި ހުރި ޕައުލް ބްރެއިޓްނާ ބައިވެރިވާނެ ކަމަށެވެ.