އެމްޑީޕީ ތެރޭގައި ހުރި ކަންކަން އިސްލާހުކޮށް ރަނގަޅު ކުރުމަށް ޕާޓީގެ ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހުޅު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު ރީކޯ މޫސާ މަނިކު ގޮވާލައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން މިންޖުވާނެފަދަ ޒިންމާދާރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެއްޖެ އެވެ.
މޫސަގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ފިޔަވައި ދެން ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަކީ ފެއިލްވެފައިވާ ތިއްބެވި ބޭފުޅުންތަކެއް ކަމަށެވެ. މޫސަ ވިދާޅުވީ އެހެން ތިބި ފަރާތްތަކަށް އެމްޑީޕީއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަވާނެ ކަމަށެވެ.
"ތިމަންނާގެ އިހުމާލުން ރައްޔިތުން ކުރިމަތީގައި ކަމަކުން ބަލިވީމަ ކޮންމެވެސް ބައެއްގެ ބޮލުގައި ޒިންމާ އަޅުވާފައި ތިމަންމެންގެ ބަލިފައި ރަނގަޅުކުރުމެއް ނޯވޭ، މީންކަންކަމާ ހިޔާލު ތަފާތުވެގެން އަޅުގަނޑުމެން އެއްޗެއް ބުނާއިރަށް ކަލޭ މައުމޫނަށް ވިކުނީ ޔާމީނަށް އަޅުވެތި ވީ، ރައީސް ނަޝީދު ވަރިހަމަ މައުމޫނާ ދެ ބޭފުޅުން އޮޅުލައިގަނެގެން ފޮޓޯ ނަގާ، ހިތްތިރިވެގެން ކޮންމެފަދަ ގޮތެއް ވިޔަސް އެއީ ހިކުމަތްތެރިކަން،" މޫސަ ވިދާޅުވިއެވެ.
މޫސަ ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ބޭއްވި އެއްވެސް އިންތިހާބަކުން އެމްޑީޕީއަށް އަގުލަބިއްޔަތު ނުލިބޭކަން ފާހަގަ ކުރައްވާފައެވެ. އަދި އެކަމާ ގުޅިގެން ބޭރުގެ ފަރާތްތަކުން ވެސް ސުވާލު އުފައްދަމުންދާ ކަމަށް ވިދާޅުވިއެވެ. އެމްޑީޕީއަކީ އެންމެ މެންބަރުން ގިނަ ޕާޓީއަށްވާއިރު އެކަން އެގޮތަށް ދިމާވާ ސަބަބެއް ހޯދަންޖެހިފައިވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. މޫސަގެ ޗެއާޕާސަންކަމުގެ ދައުރުގައި ތިން އިންތިހާބުން ބަލިވުމުން މޫސަ އިސްތިއުފާ ދެއްވިކަން އޭނާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީއިން އެކިފަހަރު އެކި ގޮތަށް ވާހަކަ ދައްކާތީ ވެސް މޫސަ ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން އެއްދުވަހު "ބާޣީން" އަށްވާ މީހުން އަނެއް ދުވަހު "ޤާޒީން" އަށްވާތީ މޫސަގެ ފާޑުކިޔުން އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ.
"ރައީސް ޔާމީންއަށްވުރެ މޮޅު ރައީސްއަކު ދުނިޔޭގައި ވެސް ނެތިގެން އެމްޑީޕީގެ މެންބަރުން މަޖިލީހުގަ ވެސް ޔާމީންއަށް ސަނާކިޔައި، ޔާމީންގެ އިގްތިޞާދީ ސިޔާސަތުގެ ދަށުން ކެލާ އުރަފަށުން ފެށިގެން އައްޑު އަތޮޅު ކަނޑުތޮއްޓާ ހަމައަށް ބަޔަކަށް ކުއްޔަށް ދިނަސް ވަރިހަމަ އެމްޑީޕީގެ ލީޑަރަށްޓަކައި،"