ރައީސް މައުމޫން އަބްދުލްގައްޔޫމް

ގާތިލަށް ހައްގު އަދަބު ދޭން ޖެހޭ: މައުމޫން

ރޭ މާލޭގައި ހިނގި ރަހުމްކުޑަ މަރުގެ ހާދިސާގައި ޝާމިލުވާ ގާތިލަށް ހައްގު އަދަބު ދިނުމަކީ ގާނޫނީ ވާޖިބެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރޭ މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު އެ ސަރަހައްދުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ޝިއާއުއަށް ހަމަލާދީ މަރާލި މީހާއަކީ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް އެވެ.

އެ މައްސަލާގައި އޭނާ ވަނީ ރޭ ހައްޔަރު ކޮށްފައެވެ.

މަރުގެ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ރައީސް މައުމޫން ވިދާޅުވީ ރޭ މާލޭގައި ހިނގި ރަހުމްކުޑަ މަރުގެ ހާދިސާ އިންތިހާއަށް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ގާތިލަށް ހައްގު އަދަބު ދިނުމަކީ ގާނޫނީ ވާޖިބެއް ކަމަށް ވިދާޅުވިއެވެ.

ބައެއް މީހުން ބުނާ ގޮތުން މިއީ ހިތާވެގެން އުޅުނު ދެ މީހުން މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ހިނގާދިޔަ މާރާމާރީ އެކެވެ. އަންހެން މީހާގެ ބޯ ބުރިކޮށްލާ ދެ އަތާއި ދެ ފައިވެސް ބުރިކޮށްލާފައިވާ ކަމަަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ފުލުހުންގެ އިދާރާއިން އަަދި ކަަށަވަރެެއް ނުކޮށް ދެއެވެ.