މޯލްޑިވްސް ޕޮލިސް ސާވިސް

ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ

މާލެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް މީހަކު ފެނުން --
0%
0%
0%

އެއްވެސް ރަހުމެއް ނެތި އަނިޔާވެރިކަމާއެކު ރޭ މަރާލި އަންހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ބޭރަށް ފޮނުވަން ނިންމައިފި އެވެ.

ރޭ މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ޝިއާއުގެ މަރުގެ ތަހުގީގަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޕޯސްްޓްމޯޓަމް ހެދުމަށް ފޮނުވާނެ ވަކި ތާރީހެއް ނުބުނެއެވެ.

މިއަދުގެ ބައްދަލްވުމުގައި ރޭގެ މަރާއި ގުޅޭ ގޮތުން ދިނީ ވަރަށް މަދު މައުލޫމާތުތަކެކެވެ. ޝިފާއު ވިދާޅުވީ ޝިއާއުގެ ހަށިގަނޑަށް ވަރަށް ބޮޑެތި ލާއިންސާނީ އަނިޔާތައް ދީފައިވާ ކަމަށެވެ. ނަމަވެސް އާއިލާއިން އެދޭތީ އެ ތަފްސީލް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ.

ޝިއާއުގެ މަރުގެ ހަބަރު ފުލުހުންނަށް ލިބުނީ ރޭ 11:28 ހާއިރު އެވެ. އެ މައުލޫމާތު ދިނީ އާންމުންގެ މީހެއް ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ. މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައިވެސް ފުލުހުން ބުންޏެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން ޝާހިލްގެ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910