ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީ އޮފީހުގެ ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑްކޮށްފި

ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ޕްރޮސެކިއުޓަރަކު ސަސްޕެންޑްކޮށްފި އެވެ.

ޕީޖީ އޮފީހުން ގަބޫލުކޮށް ހިފަހައްޓަމުންދާ އަހްލާގީ މިންގަނޑާ ހިލާފުވުމުގެ މައްސަލައެއްގައިވެސް ޕްރޮސެކިއުޓަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑް ކުރީ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލައި ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

ދެ ޕްރޮސެކިއުޓަރުންނަށް ތުހުމަތު ކުރެވޭ މައްސަލަ ބުނި ނަމަވެސް އެ މައްސަލަ ތަކުގެ އެއްވެސް މައުލޫމާތެއް ޕީޖީ އޮފީހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލާގައި ފުލުހުންގެ ހިދުމަތުން ބަލަންޖެހޭ ބެލުންތަކެއް ހުރުމުން އެ ހިދުމަތުންވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދީފައިވެ އެވެ.