ރައްޔިތުންގެ މަޖިލިސް

މެންބަރެއްގެ ޕާސްޕޯޓް ހިފެހެއްޓި ކަމެއް ނޭންގެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް
0%
0%
0%

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު ގުޅުން ހިންގި 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު އޭގެ ތެރޭގައި މަޖިލީސް މެންބަރަކު ހިމެނޭކަން އެނގިފައި ނުވާ ކަމަށް މަޖިލީހުގެ އިދާރާ އިން މިރޭ ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ޕާސްޕޯޓް ހިފެއްޓި މީހުންގެ ތެރޭގައި މަޖިލީސް މެންބަރަކު ހިމެނޭކަން އެ މަޖިލީހަށް އެނގިފައިނުވާ ކަމަށެވެ. ގާނޫނު އޮތް ގޮތުން މެންބަރެއްގެ ޕާސްޕޯޓް ހިފެހެއްޓިޔަސް އެކަން މަޖިލީހުގެ އިދާރާއަށް އަންގާކަން ނުޖެހެއެވެ.

ނަމަވެސް މެންބަރަކު ހައްޔަރު ކުރާނަމަ އެކަން އަންގަން ޖެހެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ ގިނަ އަދަދެއްގެ ދިވެހިންނާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަލަމްގިރިއާއެކު ގުޅުން ހިންގި ކަމުގެ ތުހުމަތުގައި 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަަށެވެ. އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ.

އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.

އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910