މޯލްޑިވްސް ޕޮލިސް ސާވިސް

ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވަައިފި

އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު --
0%
0%
0%

އެއްވެސް ރަހުމެއް ނެތި އަނިޔާވެރިކަމާއެކު މަރާލި އަންހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ބޭރަށް ފޮނުވައިފި އެވެ. މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ފޮނުވީ ކޮން ގައުމަށް ކަމެއް ނުބުނެއެވެ. ޝިއާއުގެ ހަށިގަނޑު ބޭރަށް މި ފޮނުވީ މަރާލިތާ ފަސް ދުވަސް ފަހުންނެވެ.

ޝިއާއުގެ މަރުގެ ހަބަރު ފުލުހުންނަށް ލިބުނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ 11:28 ހާއިރު އެވެ. އެ މައުލޫމާތު ދިނީ އާންމުންގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް އެވެ. އޭނާ ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައިވެސް ފުލުހުން ބުންޏެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން ޝާހިލްގެ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ކަމަށް ވެސް ފުލުހުން ބުނެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910